ލ. ކައްދޫގައި ކުރިއަށް ދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިން އެއްގައި އުޅެނިކޮށް މިޔަރެއްގެ ހަމަލާއިން ޒަހަމްވި ސިފައިންގެ އޮފިސަރު ނިޔާވެއްޖެ އެވެ.
މި ކަން ދިމާވީ ލ. ކައްދޫގައި ކުރިއަށް ދިޔަ އެމްއެންޑީއެފް ޓްރެއިނިނެއްގެ ތެރެއިން އެ ޒުވާނާ މޫދަށް އެރި އުޅެނިކޮށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ރ. އުނގޫފާރަށް ނިސްބަތްވާ މުހައްމަދު ޒިދާން ނަމަކަށް ކިޔާ ޒުވާނެކެވެ.
އޭނާ ނިޔާވީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވީ ރޭގަނޑު 8:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.