ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރަކަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އިންތިހާބުވެ ވަޑައިގެންފިއެވެ.
އެ މަގާމަށް މުހައްމަދު އިސްމާއިލް އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރުގެ މަގާމަށް މުހައްމަދު އިސްމާއިލްގެ ނަން ހުށަހަޅުއްވާފައި ވަނީ ހެނވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ. އަދި އެ ހުށަހެޅުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ސަމްހީދު ވަނީ ތާއީދު ކުރައްވާފައެވެ.
އެ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމަށް އަލީ އިބްރާހިމް ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުގެ ނަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް މުހައްމަދު އިސްމާއިލް ވަނީ ތާއިދު ކުރައްވާފައެވެ.
އެ ދެ މަގާމަށް އެ ދެ ބޭފުޅުން އިންތިހާބުވެ ވަޑައިގެންފައި ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުގެ އިއްތިފާގުންނެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ:
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުސައިން
ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު
ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު
ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 12 މެންބަރުން ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ އަދަދު 11 އަށް ބަދަލުކޮށް ވަނީ ފާސްކޮށްފައެވެ.