test
- Advertisement -ad image

ޖެން ކައިރީގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލޭ ހޮޓެލް ޖެން ކައިރީގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނި ހޮޓެލް ޖެން ކައިރީގައި ސައިކަލު ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލާފައިވާކަމަށް ރޭ ދަންވަރު 03:03 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ތިން ސައިކަލު އެއްކޮށް ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާއިރު، އެ ސައިކަލުތައް ކައިރީގައި ޕާކުކޮށްފައި އޮތް ވޭނެއް ވެސް އަދި އިތުރު ހަތަރު ސައިކަލަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ސައިކަލުތަކުގައި ރޯކޮށްލި މީހާ ދެނެގަނެވިފައިވާ ކަމަށާއި އެމީހާ ހައްޔަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ