ދެ ގައުމަކަށް ސަފީރުން އައްޔަނު ކުރަން މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ސަފީރުކަމަށް އައްޔަނު ކުރުމަށް އެދި ފޮނުއްވި ނަންފުޅުތައް އިއްވާފައެވެ.
އެގޮތުން ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަނު ކުރުމަށް ފޮނުވާފައިވަނީ ރިޓަޔާޑް ލެފްޓެނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ ނަމެވެ. އަދި ސައުދީއަރަބިއްޔާއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރުކަމުގެ ބަދަލުގައި ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް މުހައްމަދު ތާހާގެ ނަން ފޮނުވާފައިވެއެވެ.
ސިފައިންގެ ހިދުމަތުގައި 39 އަހަރު ވަންދެން އުޅުއްވުމަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 17 ގައެވެ.
ތުރުކީ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރަން ނިންމާފައިވާ އިރު، އެ ގައުމުގައި އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވެސް ސަރުކާރުން އޮތީ ނިންމައި އެކަން އިއުލާނު ކުރެއްވީ ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ.