test
- Advertisement -ad image

ކުރީގެ މެންބަރު ނިހާން މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ހަމަޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އައްޔަންކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް އައްޔަން ކުރައްވަނީ މަޖިލީހުގެ ރައީސެވެ. އެގޮތުން، ނިހާން އެ މަގާމަށް އައްޔަން ކުރެެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އެވެ.

ނިހާން އައްޔަންކުރައްވާފައިވަނީ ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުންނެވެ.

ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކޮއްކޯފުޅު ފާތިމަތު މުޙައްމަދު ޞާލިހެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ނިހާން ވަނީ ބުދަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ