Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއް: ޙުތުބާ

ad image

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އެންމެން އަތުގުޅައިލުމަށް މިއަދުގެ ޙުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ޙުތުބާގައި އަލިއަޅުވާލާފައިވަނީ ” ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު” މި މައުޞޫއުގެ މައްޗަށެވެ.

މިއަދުގެ ޙުތުބާގައި ވަނީ ފަލަސްޠީނާއި ގުޅިފައިވާ އިސްލާމީ ތާރީހުގެ ތެރެއިން ދިމާވެފައިވާ ބައެއް މުހިއްމު ހާދިސާތަކަށް އަލިއަޅުއްވާލާފައެވެ. އެގޮތުން މި އުންމަތުގެ ދެވަނަ ޚަލީފާ أَمِيْرُ الْمُؤْمِنِيْنَ عُمَرُ بْنُ الْخَطَّابِ رَضِيَ اللَّهُ عَنْهُ އާ، ބައިތުލްމަޤްދިސްގެ ތަޅުދަނޑިތައް ޙަވާލުކުރެއްވުނު ކަމަށާއި، އެއަށް ފަހު، އަލްއަޤްޞާ މިސްކިތް ޠާހިރުކުރައްވައި، ބައިތުލްމަޤްދިސްގައި އިސްލާމީ ނިޒާމު ޤާއިމުކުރެއްވި ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އެއަށްފަހު އެ ތަނުގައި އުޅެމުން ދިޔަ މަޞީޙީންނަށް އަމާންކަން ދެއްވައި، އެއުރެންނާ އެކު ޞުލްޙައިގެ މުޢާހަދާއެއް ޤާއިމުކުރެއްވިކަމަށްވެސް މިއަދުގެ ޙުތުބާގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ސަަލާޙުއްދީނުލްއައްޔޫބީ، ޞަލީބީންގެ އަތް ދަށުން އަލްމަސްޖިދުލްއަޤްޞާ މިނިވަންކުރައްވައި ބައިތުލްމަޤްދިސް ފަތަޙަކުރެއްވި ވާހަކަ އާއި އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތުގެ ވާހަކަ ވެސް ޙުތުބާގައި ވަނީ ގެނެސްދީފައެވެ.

މިއަދުގެ ޙުުތުބާގައި ވަނީ ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫން ވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެެއް ކަމަށާއި، މި ހުރިހައި ޖަރީމާތަކެއް ހިންގަމުން ގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށް ކަމަށް ބުނެފައެވެ. އަދި މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް މިއަދުގެ ޙުތުބާގައި ވަނީ ގޮވާލާފައެވެ.

ހަމައެހެންމެ، މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތައްވެސް ވަނީ ޙުތުބާގައި ހަނދާން އައުކޮށްދީފައެވެ. އެގޮތުން ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް ވަނީ ގޮވާލާފައެވެ.

އަދި މާތް اﷲ އަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއްނޫންކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނާ މެދު ދިވެހީންގެ ހިތްތަކުގައި ލޯތްބާއި، ހަމްދަރުދީއާއި، އުޚުއްވަތްތެރިކަން ވަނީ ބިންވަޅުނެގިފައި ކަމަށާއި، ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއްކަމަށް ޙުތުބާގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ