Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ސަރުކާރުން ހުރިހާ ހަރަދެއް ދީގެން ހައްޖަށްދާ ފުރަތަމަ 50 މީހުން ފުރައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ ހަރަދުގައި ޙައްޖަށް ފޮނުވާ 50 މީހުންގެ ތެރެއިން 10 ފަރާތެއް މިއަހަރު ހައްޖަށް ދިއުމަށް އުޒުރުވެރިވުމުން އެ ފުރުސަތު އެހެން ދިހަ ފަރާތަކަށް ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް 1000 މީހުން ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ހައްޖަށް ފޮނުވާ 50 ފަރާތެއްގެ ނަން ކަނޑައަޅައި އެފަރާތްތަކުގެ މަޢުލޫމާތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ފޮނުވާފައެވެ.

މި ފަރާތްތައް ހޮވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެންދެވުނު ލައިވް އިވެންޓެއްގަ އެވެ. މި 50 ފަރާތުގެ އިތުރުން، ގުރުއަތުން ހޮވޭ ފަރާތަކުގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 ފަރާތެއް ވެސް މިނިސްޓްރީން ވަނީ ނަގާފަ އެވެ.

ފުރަތަމަ ޖާގަ ލިބުނު 50 ފަރާތުގެ ތެރެއިން އުޒުރުވެރިވެގެން 10 ފަރާތުން ޖާގަ މިއަހަރަށް ދޫކޮށްލުމުން، އެ ދިހަ ޖާގަ ލިސްޓްގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 ފަރާތަށް ދިންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވި އެވެ.

1 މެއި 2024 ގައި ފުރި ފުރަތަމަ ފްލައިޓުގައި މި 50 ފަރާތުގެ ތެރެއިން އެކަކު އަދި 03 ޖޫން 2024 ގައި ފުރި ދެވަނަ ފްލައިޓުން އިތުރު މީހަކާއެކު ޖުމްލަ 02 ފަރާތެއް ސައުދީއަށް ގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މިއަދު ބާކީ ތިބި 48 މީހުން ސައުދީއަށް ފުރާނެކަމަށްވެސް ބުނެފައި ވެއެވެ.

މި 50 މީހުންގެ ތެރެއިން އަތޮޅުތެރޭ ތިބި މީހުން މާލެ ގެނައުމާއި ކެއުމާ ބުއިމުގެ ޚަރަދު އަދި ޙައްޖު ދަތުރު ނިމި އެބުރި ރަށަށް ފޮނުވުމުގެ ޚަރަދު ހަމަޖއްސާފައިވަނީ ދަޢުލަތުގެ ފަރާތުންނެވެ.

ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ 3 ވަނަ ހަފުތާ ތެރޭ، 5 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން އިޢުލާނުކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ