test
- Advertisement -ad image

އިންޑިއާ އާއި ގުޅުން ރަނގަޅުކުރަން ކުރައްވާ މަސައްކަތަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަހުމަދު ޝަބީން

ދިވެހިރާއްޖެއިން އިންޑިއާއާއި ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން ކުރައްވަމުން ގެންދަވާ މަސައްކަތަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ދެ ގައުމުގެ ވެރިންނަށް, ރައީސް ނަޝީދު މަރުހަބާ ވިދާޅުވީ ސޯޝަލްމީޑިއާ ޕްލެޓްފޯމް, ‘އެކްސް’ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ކުރު ޕޯސްޓުގައި ވަނީ ދެ ގައުމުގެ ކުރިމަގަށް އެންމެ ރަނގަޅު ގޮތް ވާން އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

މަރުހަބާ ވިދާޅުވެ ނަޝީދު ޕޯސްޓެއް ކުރެއްވިއިރު, އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވީ އިންޑިއާގައެވެ.

ރައީސް ޑރ.މުޢިއްޒު އިއްޔެ ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ގައުމުތަކާ ރަޙްމަތްތެރިވާނަން ކަމަށާއި ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވަވާނެ ކަމުގައެވެ. އަދި އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމުކުރައްވާނެ ކަމުގައެވެ.

”އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން” ނޮވެމްބަރު 17 ވަނަ ދުވަހުގައި ދެއްވި އަސަރުގަދަ ތަގުރީރުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ