test
- Advertisement -ad image

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2024” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2024” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މި އަހަރުވެސް ވަނީ ތިން ކެޓަގަރީއަކުން އެވޯޑު ދިނުމަށް ހުޅުވާލާފައެވެ. އެއީ ޕްރޮޑަކްޝަން އެވޯޑާއި، އިންޑިވިޖުއަލް އެވޯޑު އަދި އިންޑަސްޓްރީ އެވޯޑެވެ. 

އެ ކޮމިޝަނުން ވަނީ މި އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް 18 ޖުލައި 2024 ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ތަފްޞީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު”ގައި ބަޔާންކޮށްފައިވާނެކަމަށާއި، މި އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުގެ ވެބްސައިޓް  broadcom.org.mv  ލިބެން ހުންނާނެކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑަކީ ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޭ އެވޯޑެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ