test
- Advertisement -ad image

މިދިޔަ މަހު ޑެންގީ ހުމުގެ 610 ކޭސް

ad image

ގުޅުންހުރި ލިޔުންތައް

މެއި ގިނަ އަދަދަކަށް ޑެންގީ ހުމުގެ ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަދިރީީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ހުން އޭޕްރިލް މަހު ޖެހިފައިވަނީ 247 މީހަކަށެެވެ. އަދި ހުސްވި މަހު މި އަދަދު ވަނީ 610 އަކަށް އިތުރުވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާތުން ޑެންގީހުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަހަރައްދުގެ އިތުރުން ހއ، ބ އަދި ކ އަތޮޅުގައެވެ. 

މިދުވަސްވަރަކީ މީ ރާއްޖޭގައި އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި 3 ހަފުތާ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަޙްމަދު ފައިސަލްވެސް ވަނީ “އެކްސް”ގައި ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކާ އަޅާބަލާއިރު ވެސް މިދުވަސްވަރު އިންތިހާއަށް ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

މީގެއިތުރުން މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން  އޭޕްރީލް މަހު 22،736 އަރިދަފުސް ރޯގާގެ ކޭސް ރިޕޯޓުކޮށްފައިވާއިރު، މެއި މަހު 21،720 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަރިދަފުސް ރޯގާގެ އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ހއ، ބ އަދި ޅ އަތޮޅުންނެވެ.

ހަމއެހެންމެ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މެއި މަހު އިންފްލުއެންޒާއަށް 21 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އަދި މިއަހަރު މިހާތަނަށް 1139 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައިވާއިރު، 161 މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. 

ބޭރަށް ހިންގުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދުވެސް މެއި މަހު ވަނީ އިތުރުވެފައެވެ. ބޭރަށް ހިންގުމުގެ އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ކ އަދި ޏ އަތޮޅުންނެވެ.

އެޗްޕީއޭއިން ވަނީ އޭޕްރިލް މަހާއި އަޅާބަލާއިރު މެއި މަހު ހުރިހާ ރިޕޯޓް ކުރެވޭ ހުރިހާ ބައްޔެއްވެސް އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ