test
- Advertisement -ad image

ތުރުކީއާއި ޕާކިސްތާނަށް ކަނޑައަޅުއްވާ ސަފީރުންނަށް ކޮމިޓީއިން ރުހުންދީފި

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަހުމަދު ޝަބީން

ދިވެހިރާއްޖެއިން ތުރުކީއާއި ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ރުހުންދީފިއެވެ.

މިގޮތަށް ނިންމީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ނިންމަވާފައިވަނީ ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. އަދި
ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވަނީ މުޙައްމަދު ޠާހާއެވެ.

މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރެއްވުމަށްޓަކައި މަޖިލީހަށް ފެންނަ ގޮތެއް ބެއްލެވުމަށް ރައީސް ޑރ.މުޢިއްޒު މި މައްސަލަ މަޖިލީހަށް ފޮނުއްވީ މެއި 20 ގައެވެ. މި މައްސަލަ ކޮމިޓީއަށް ފޮނުވީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މި ދެބޭފުޅުން ސަފީރުކަމަށް އައްޔަންކުރެއްވުމަށް ފެނޭތޯ މަޝްވަރާކުރައްވައިފައެވެ.

އެގޮތުން އެ ދެބޭފުޅުންނަށް ރުހުން އޮތްތޯ ބެލުމަށް ވަނީ ވޯޓަށް އަހައިފައެވެ. ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ.

ކޮމިޓީއިން ފާސްކުރީ ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަ ކަަމަށެވެ. އެގޮތަށްފާސްކުރީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ