ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.
އެގޮތުން ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު ހަފީޒީ ހިޔާ އުމުރުން 80 އަހަރުގެ ފާތިމަތު ހަފީޒާ އެވެ.
ދިވެހި ހައްޖު މިޝަނުން ބުނި ގޮތުގައި އޭނަ ނިޔާވީ ރޭގެ ވަގުތެއްގަ އެވެ. މަރްހޫމާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މަސްޖިދުލްޙަރާމްގައި ކަމަށް ހައްޖު މިޝަނުން ބުންޏެވެ.
“މާތް ﷲ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން”