Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މި ދައުރުގައި މަޖިލީހަށް ހުށަހަޅާ 213 ބިލެއް އެކުލެވޭ ”ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ” އާންމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގަސްދުކުރާ ބިލުތައް އެކުލެވޭ “ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ” އެޓާނީ ޖެނެެރަލްގެ އޮފީހުން މިއަދު ޝާއިއުކޮށްފިއެވެ.

އެޓާނީ ޖެނެެރަލްގެ އޮފީހުން ބުނީ މި އެޖެންޑާ އެކުލަވައިލައިފައިވަނީ ސަރުކާރުގެ އެންމެހައި ވުޒާރާތަކާއި ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ވަކި އޮފީސްތައް ހިމެނޭ ގޮތުން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި ޚިޔާލާއެކު ކަމަށެވެ.

މި އެޖެންޑާ އެކުލަވައިލުމުގައި އިސްކަން ދީފައިވަނީ އަންނަނިވި ދާއިރާތަކާގުޅޭ ބިލުތައް ހިމެނުމަށް ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ދާއިރާތަކަކީ:

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ ގުޅިގެން އެކުލަވައިލަންޖެހޭ ބިލުތައް.

ގާނޫނުއަސާސީގެ ދަށުން އެކުލަވައިލަންޖެހޭ ބިލުތަކާއި ގާނޫނުއަސާސީއާ ތައާރަޟުވުމުގެ ސަބަބުން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް.

ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ގާނޫނެއް ހެދިފައި ނެތް ނަމަވެސް ގާނޫނަކުން ކޮންމެހެން ބާރުލިބިދޭންޖެހޭ ކަންކަމާގުޅޭ ބިލުތައް.

މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އިސްލާހު ގެންނަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް.

ޒަމާނާ ނުގުޅޭތީ އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ގޮތުން އެކުލަވައިލަންޖެހޭ ބިލުތައް.

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރާއްޖޭގައި އަމަލުކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް.

މި އެޖެންޑާގައި 15 މައުޟޫޢުއަކާ ގުޅޭ 213 ބިލެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި މުޅިން އަލަށް އެކުލަވައިލަންޖެހޭ 78 ގާނޫނަކާގުޅޭ ބިލުތަކާއި މިހާރު އަމަލުކުރެވޭ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅަން ގަސްދުކުރާ 135 ބިލެއް ހިމެނެއެވެ.

ބިލުތަކުގެ މައިގަނޑު މައުޟޫޢުތަކާއި އަދަދުތައް:

ދުސްތޫރީ އަދި ގާނޫނީ ކަންކަން: 15 ބިލު
ދައުލަތް ހިންގުން: 9 ބިލު
ހައްގުތަކާއި މިނިވަންކަން: 8 ބިލު
އިސްލާމްދީނާއި ގައުމިއްޔަތު: 8 ބިލު
ގައުމީ ސަލާމަތާއި ޚާރިޖިއްޔާ: 15 ބިލު
ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުން: 22 ބިލު
އާއިލާއާއި މުޖުތަމައު: 20 ބިލު
ސިއްްހަތާއި ދުޅަހެޔޮކަން: 11 ބިލު
ތިމާވެށި: 9 ބިލު
ވިޔަފާރިއާއި އިގުތިސާދު: 22 ބިލު
ފައިސާއާއި މާލީ ކަންކަން: 22 ބިލު
ބިމާއި މުދަލާއި އުމްރާނީ ތަރައްގީ: 11 ބިލު
ދަތުރުފަތުރާއި މުވާސަލާތު: 8 ބިލު
ތައުލީމާއި މަސައްކަތްތެރިކަން: 7 ބިލު
ޒަމާނާ ނުގުޅޭތީ އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތައް: 26 ބިލު

އޭޖީ އޮފީހުން ބުނީ މި ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ ބިލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންގެންދާނީ ކޮންމެ އަހަރެއްގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް ކަމަށެވެ. އަދި އެފަދައިން ހުށަހަޅާއިރު ހާލަތަށާއި ބޭނުމަށް ރިއާޔަތްކުރަންޖެހޭނެތީ މަދުވެގެން އަހަރަކު އެއްފަހަރު ލެޖިސްލެޓިވް އެޖެންޑާ މުރާޖައާކޮށް, މި އެޖެންޑާއަށް ގެންނަންޖެހޭ އުނިއިތުރުތަކާއެކު ކޮންމެ އަހަރެއްގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް ވަކިވަކި ލެޖިސްލެޓިވް އެޖެންޑާ ކަނޑައެޅިގެންދާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ