މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް އިތުރު 163 ވެހިކަލެއް ޓޯކޮށްފި އެވެ.
ފުލުހުން ބުނީ އެ ތަކެތި ޓޯކުރީ އިއްޔެ އާއި ބުރާސްފަތީގައި ކަމަށެވެ.
އެގޮތުން މިގޮތުން ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮއްޓާ ހިސާބުން ފަތާ ޓްރެކް ސަރަހަައްދާ ހަމައަށް ގަވައިދާ ހިލާފަށް ޕާކު ކޮށްފައިވާ 84 އުޅަނދު ޓޯ ކޮށް މި ސަރަހައްދުގެ މަގު ހުސްކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި އަމީނީ މަގު ދަރުބާރުއާ ހިސާބުން ފެށިގެން ބޮޑުތަކުރުފާނު މަގު އައިޖީއެމްއެޗްއާ ހަމައަށް އަދި ސެނަހިޔާ ކުރިމަތިން ފެށިގެން މާގިރި ހޮޓެލާ ހަމައަށް ޕާކު ކޮށްފައި ހުރި 79 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މާލޭގައި ޕާކިން މައްސަލަ ހައްލު ކުރަން މިދިޔަ އަހަރުން ފެށިގެން ފުުހުންނަނީ މަގުމައްޗަށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.