ދ. އަތޮޅު ވޮއްމުލި ރިސޯޓް ކައިރިން ދެ ލޯންޗެއް ޖެހި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން އަނިޔާވި ދެ މީހުންނަށް އޮބްޒަވޭޝަންގައި ފަރުވާދެމުން ދާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގީ ރޭ ވޮއްމުލި ރިސޯޓްގެ ލޯންޗަކާއި ދ. އަތޮޅު ދޫރެސް ރިސޯޓުގެ ލޯންޗެއް ޖެހިގެންނެވެ.
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ އާއި ފިރިހެން މީހާ އަށް ވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް ފުލުހުން ވިދާޅުވެއެވެ. މި މީހުންނަށް ފަރުވާ ދެމުން އަންނަނީ ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓްގަ އެވެ.
ފުލުހުން ވިދާޅުވީ ޑޮކްޓަރުގެ ލަފާގެ މަތިން އެ މީހުން މިހާތު ތިބީ އޮބްޒަވޭޝަންގައި ކަމަށެވެ.



