ގަވައިދާ ހިލާފަށް މީހުން އަރުވައިގެން އެއާޕޯޓަށް ދިޔަ އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ.
ފުލުހުން ބުނީ، ހުއްދަނެތި ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން މިއަދު މާލެއިން އެއާޕޯޓަށް ދަތުރުކުރި އެ އުޅަނދު ހުއްޓުވައި ޗެކް ކުރިއިރު އެއީ “ބީ” ޒޯންގައި ރެޖިސްޓާކޮށްފައިވާ އުޅަނދެއް ކަމަށެވެ. ހުއްދަ ނެތް ޒޯނެއްގައި ދުއްވުމުގެ އިތުރުން އަހަރީ ފީ ހަމަވެފައިވާތީ ފުލުހުން ވަނީ އެ އުޅަނދު ޓޯކޮށްފައެވެ.
މީގެއިތުރުން ފުލުހުން ވަނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ 4 ފުރޮޅުލީ އުޅަނދު ޓޯކޮށްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ބޮޑުތަކުރުފާނު މަގު ކަޅުތުއް ކަލާކޮށްޓާ ހިސާބުން ފެށިގެން ފަތާ ޓްރެކާ ހަމައަށް ހުސްކޮށް 84 އުޅަނދު މި ދެ ދުވަހު ވަނީ ޓޯކޮށްފައެވެ.