ހދ. ނޮޅިވަރަމް ބަނދަރުމަތިން ސައިކަލާއެކު މޫދައް ވެއްޓުނު މީހަކު މަރުވެއްޖެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، ފުލުހުންނަށް ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭގެ 21:15 ހާއިރު ކަމަށެވެ. އަދި އޭނާ ނޮޅިވަރަމް ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ، ހދ. ނޮޅިވަރަމް ގާޑްނިޔާވިލާ، އިލްޔާސް އިބްރާހިމް(32އ)، ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.