ޑިންގީއާއެކު ނ. އަތޮޅުގެ ފަޅުރަށަކަށް ސޯމާލިޔާގެ ބަޔަކު ލައްގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ނ. އަތޮޅު ދަނޑުވެރިކަން ކުރާ ވަވަތިއަށް ސޯމާލިއާ އަށް ނިސްބަތްވާ ބަޔަކު ތިބި ޑިންގީއެއް ކަމަށާއި އެ ޑިިންގީގައި ތިބީ ތިން މީހުންކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވާއިރު އެ މީހުންގެ އުމުރު ވެސް ހާމަކޮށްފައި ނުވެއެވެ.
ނ. ވަވަތި އަކީ ދަނޑުވެރިކަމާއި އެ ސިނާއަތާއިު ގުޅޭ އެހެން މަސައްކަތްތައް ކުރުމަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ ރަށެކެވެ.