ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރުގެ ޖަލްސާ މިރޭ ބާއްވަން ނިންމައިފިއެވެ.
މިއީ މިދިޔަ އާދިއްތަ ދުވަހުގެރޭ ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާއެވެ.
ހ.ވެޔޮވިލާގައި ހުންނަ ޕީއެންސީގެ ޖަގަހައިގައި މިރޭ 20:30 ގައި ބާއްވާ މި ޖަލްސާގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ނާޒިމް އިބްރާހިމާއި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި ފޭދޫ ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރާއި ހުޅުމާލެ ދާއިރާގެ މެމްބަރު ޙުސައިން ޝަރީފް ވާހަކަދައްކަވާނެ ކަމަށް ޕީއެންސީއިން ވަނީ ބުނެފައެވެ.



