ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރުންގެ އެކައުންޓަށް ފައިސާ ފޮނުވާފައިހުރީ ޖަލުގައިތިބި ގައިދީންގެ އެކައުންޓުތަކުން ކަމަށް ދާހިލީ ވަޒީރު އަހުމަދު އިހުސާނު ވިދާޅުވެއްޖެއެވެ.
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންގެ އޮފިސަރުން އެހީވާތީ ފަށާފައިވާ އޮޕަރޭޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދާހިލީ ވަޒީރު ވިދާޅުވީ، ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރުންގެ އެކައުންޓްތަކަށް ފައިސާ މި އެކައުންޓުތަކަށް ޖަމާވެފައި ހުރީ ޖަލުގައި މިހާރު ހައްޔަރުގައި ތިބި އަދި ކުރިންވެސް ހައްޔަރުގައި ތިބި ގައިދީންގެ އެކައުންޓުގައި ހުރި ފައިސާއިން ކަމަށެވެ.
އަދި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި މުވައްޒަފުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.



