އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފިއެވެ.
އެގޮތުން މަޖިލީހުގެ އިދާރާއިން އާއްމުކޮށްފައިވާ 20 ވަނަ މަޖިލީހުގެ 8 ވަނަ ޖަލްސާގެ އިބުތިދާއީ ބަހުސް ކުރުމަށް ވަނީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލު އެޖެންޑާކޮށްފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ދާނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު ގޯސްވެ ދަރަނީގެ މައްސަލަތައް ބޮޑުވެފައިވާ މި ދަނޑިވަޅު މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އާދީއްތަ ދުވަހު ޖަލްސާއެއް ބާއްވަނީއެވެ.



