ދައުލަތުގެ ދަރަންޏާއި ބެހޭ ބިލު ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މަމްދޫހު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަމުން ފުނަދޫ ދާއިރާގެ މެންބަރު މަމްދޫހު ވިދާޅުވީ، މި ބިލަކީ ދައުލަތުގެ ނަމުގައި ދަރަނި ނެގުމާއި ގުޅޭ އުސޫލުތަކާއި ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި ގުޅޭ އުސޫލުތަކާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޫކުރުމާއި ގުޅޭ އުސޫލުތަކާއި ދައުލަތުގެ ދަރަންޏާއި ގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާއި ގުޅޭ އުސޫލުތަކާއި އެނޫންވެސް ކަމާއި ގުޅޭ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ކަމަށެވެ.
މި ގާނޫނު ހުށަހެޅިގެން ދިއުމުގެ މަގުސަދުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ދަރަނީގެ ހިރާސްތަކަށް ރިއާޔަތް ކުރެވި އަދި އެންމެ ހަރަދު ކުޑަވާނެ ގޮތަށް ދިވެހިރާއްޖޭގެ އެތެރެއިންނާއި ބޭރުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމަށް ސަރުކާރު ބާރުވެރިކުރުވުން ހިމެނޭ ކަމަށް މަމްދޫހު ވިދާޅުވިއެވެ.
އަދި ދައުލަތުން ދަރަނި ނަގާ ބަލަހައްޓާ މެނޭޖުކުރަނީ ގައުމުގެ އިގުތިސާދަށާއި މުސްތަގުބަލަށް ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން އަދި ގައުމުގެ އިގުތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ޕިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުން ހިމެނޭ ކަމަށްވެސް ފުނަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
” އަދި ހަމައެއާއެކު ދައުލަތުގެ މެދުރާސްތާ ދަރަނީގެ ސްޓެރެޓެޖީ އެކުލަވާލާ ތަންފީޒު ކުރުމާއި ގުޅޭ އުސޫލުތައް ބަޔާންކުރުން. ދައުލަތުން ދަރަނީގެ ގޮތުގައި ނެގޭ އިންސްޓްރޫމަންޓްތައް ކަނޑައެޅުމާއި ދެފުށް ފެންނަ ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއެްގައި ދަރަނި ނެގުމާއި ބެހޭ އުސޫލުތައް ކަނޑައެޅުން. ދައުލަތުގެ ދަރަނި ދެފުށް ފެންނަ ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުމާއި މެނޭޖުކުރުމަށް ދައުލަތުންވެފައިވާ މާލީ އަހުދުތަކަށް އިހުތިރާމު ކުރުމާއި ގުޅޭ އުސޫލުތަކަށް ދައުލަތުން އަމަލު ކުރުމާއެކު ދިވެހިރާއްޖެއަށް ފައިނޭންސް ލިބުމުގެ ފުރުސަތުތައް އިތުރުކޮށް ދެމެހެއްޓުން ” މަމްދޫހް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މި ބިލުގެ ބޭނުމަކީ މާލީ ރަށްވެހި ބާޒާރު ސިންދަފާތު ކުރުމާއި ތަރައްގީކުރުމާއެކު މެދުއަދި ދިގުރާސްތާ ދަރަނި ނެގުމާއި ހަރަދު ކުޑަކުރުމަށް ހަރުދަނާ ގޮތެއްގައި ހިރާސްތައް މެނޭޖުކުރުމުގެ ސްޓެރެޓެޖީއެއް ބޭނުންކޮށްގެން ދައުލަތުގެ ދަރަންޏާއި ގުޅޭ ހިރާސްތައް ކުޑަކުރުންކަމަށްވެސް ބިލުގައިވެއެވެ.




މަޖްލިސް މެމަބަރެ ގެންގުޅޭ ބޮންދާ ޖެހޭ ހިސާބުން ތިކަން ހުއްޓޭނެ.