އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެގެން ފަރުވާދީފިއެވެ.
ފުލުހުންގެ ހިދުމަތުން ވިދާޅުވި ގޮތުގައި މި މާރާމާރީ ހިނގިކަން ރިޕޯޓުކޮށްފައިވަނީ ރޭ 10:30 ހާއިރުއެވެ.
އަދި މާރާމާރީގައި ދެމީހަކަށް އަނިޔާވިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަނިޔާވި ދެމީހުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މާރާމާރި އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



