މިދިޔަ ފަސް އަހަރު ސަރުކާރުން ނެގި ބޮޑު ދަރަނިން ކުރި ކަމެއް ފެންނާކަށް ނެތް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ފިސްކަލް ޒިންމާގެ ބިލާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އިސްމާއިލް ވަނީ މާކުރިން ފިސްކަލް ޒިންމާގެ ބިލު އެކުލަވާލަން ޖެހޭ ކަމަށާއި، މިފަދަ ބިލުތަކެއް ޤާނޫނަކަށް ވެގެން އޭގެދަށުން އަމަލުތަކެއް ކުރެވެމުން ދިޔަނަމަ މިއަދު މި ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ 2008 ގައި އެމްޑީޕީ ވެރިކަމަށް އައުމަށްފަހު 2013 އާ ހަމައަށް ދައުލަތުގެ ހަރުމުދާތައް ވިއްކާލި ކަމަށެވެ. އޭގެ ތެރޭގައި ޖީއެމްއާރަށް އެއަރޕޯޓު ދިނުމާއި ދިރާގުގެ ހިއްސާ ވިއްކާލުން ހިމެނޭ ކަމަށެވެ. އަދި މި ކަންކަން ބަދަލުކުރުމަށް ދައުލަތުން ގިނަ ފައިސާ ހޭދަކުރަން ޖެހުނު ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް އޭގެ ފަހުން އައި ވެރިކަމުގައި ނެގި ދަރަނިތަކުގެ ބޭނުން ހެޔޮގޮތުގައި ހިފިކަން މިއަދު ފެންނަން ހުރި ކަމަށާއި، ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް އެކަނި ބަލައިލިޔަސް އެކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ ކޮވިޑްގެ ނުރައްކަލުން ސަލާމަތްވުމަށް ލޯނު ނެގިކަމަށް ބުނާއިރު، އެ ލޯނުން ރައްޔިތުންނަށް ހެޔޮ ގޮތުގައި ކަންތައްތަކެއް ކޮށްދީފައި ހުރިތޯ ބަލަން ޖެހޭ ކަމަށާއި، އެ ފައިސާއިން ކުރި ކަމެއް ފެންނާކަށް ނެތް ކަމަށެވެ.




މިސަރުކާރުން ބަލާބަލަ އެލާރިތައްވަނީ ކޮންތާކަށްތޯ؟