Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

 މުޒާހަރާގެ ސަބަބުން އޭއެފްސީ މުވައްޒަފުންގެ އަސާސީ ހައްގުތައް ހަނިވެގެން ދިޔަ: މިފްކޯ

ad image

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމަށް ބުނެ އައްޑޫގެ ބައެއް މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން ހާލަތު މެނޭޖުކުރުމުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގެ މުވައްޒަފުން ދެއްކި ހިތްވަރުގެ އަގުވަޒަންކޮށްފި އެވެ. 

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 21 ޖޫން ވީ ހުކުރު ދުވަހުގެ 15:19 އިން ފެށިގެން 15 ވަރަކަށް މަސް ދޯންޏަށް ނިސްބަތްވާ މަސްވެރިންތަކެއް ކުރި މުޒާހަރާ އިއްޔެ ނިންމާލީ އެމީހުން ނިސްބަތްވާ ދޯނިފަހަރުގެ ވެރީންނަށް ފައިސާ ޖަމާވާން ފެށުމުން ކަމަށެވެ. 

10 ދުވަހަށް ދެމިގެންދިޔަ މި މުޒާހަރާގެ ތެރެއިން އޭއެފްސީގައި މަސައްކަތް ކުރާ 125 އެއްހާ މުވައްޒަފުންގެ ވަޒީފާގެ މާހައުލު ގެއްލި، އިންސާނީ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކެއިން ބުއިމާއި، ގަޟާ ހާޖާ ކުރުމާއި، ނިދުން ފަދަ އެތަކެއް އަސާސީ ހައްގުތައް ހަނިވެގެންދިޔަ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ބިރު ދެއްކުމުގެ ތެރެއިންހުރިހާ މުވައްޒަފުން ވަގުތީ އެކޮމޮޑޭޝަނަކަށް ބަދަލުކޮށް، ނިދުމާއި، ފާހާނާ ކުރުމާއި، ކެއިން ބުއިމާއި އެނޫންވެސް ޒަރޫރީ ކަންކަން ހަމަޖައްސަށް ކުންފުންޏަށް ޖެހުނުކަމަށް މިފްކޯއިން ބުނެފައިވެއެވެ.

އަދި އޭއެފްސީގައި އިސްކޮށް މަސައްކަތް ކުރާ 7 ސީނިއާ މުވައްޒަފުންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރިމަތިވަމުންދިޔަ ދުއްތުރާތަކުގެ ސަބަބުން މުޅި އޮޕަރޭޝަން ހުއްޓި، އޭފްސީން ކަރަންޓު ކަނޑާލަން ޖެހުނުކަމަށްވެސް މިފްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ. މިފްކޯއިން އިތުރަށް ބުނިގޮތުގައި ކަރަންޓު ކަނޑާލިއިރު އެ ފެސިލިޓީގައި ރައްކާކޮށްފައި ހުރި މަހުގެ ޓަނޭޖުގެ އަދަދު 390 އާ ގާތްކުރާނެއެވެ.

މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އޭއެފްސީ “ފުލް ޝަޓްޑައުން” އަކަށް ގެންދިޔުމަށްފަހު، މުވައްޒަފުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަރުހަލާގެ ތެރެއިން މުޒާހަރާގެ ބައިވެރިންމުވައްޒަފުންގެ މެސް ރޫމުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ކައިބޮއި ހަދާ، މިފްކޯގެ ދިދަ ޕޯސްޓަށް ނަގާފައިވާ ދިދަ ބާލާ، އޭއެފްސީގެ ފަހަތުން ވަންނަ ދޮރު ބަންދުކޮށް، ތަން ހިސާރުކުރިކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މުޒާހަރާގެ ބައިވެރިންގެ ބިރުދެއްކުމާއި އިންޒާރުތައް އިތުރުވެ، އޭފްސީގެ މުވައްޒަފަކަށް އަނިޔާވުމުގެ ސަބަބުން މުވައްޒަފުންނަށް ފުލުހުންގެ ހިމާޔަތް ހޯދަންޖެހުނުކަމަށް މިފްކޯއިިން ވަނީ ބުނެފައެވެ.

މިފްކޯއިން ވަނީ އެ ހާލަތުގައިވެސް އޭއެފްސީގެ މުވައްޒަފުންގެ ފަރާތުން ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއި އަދި ހާއްސަކޮށް އަމިއްލަ އިސްނެގުމުގެ މައްޗަށް މުޅި އޭފްސީގެ މުވައްޒަފުންގެ ހައްގުގައި އެތަނުގައި އިސްކޮށް މަސައްކަތް ކުރާ މުވައްޒަފުން ދެއްކި ހިތްވަރު ފާހަގަކޮށް އަގުވަޒަންކޮށްފައެވެ.

“ހާސްކަމާއި، ބިރުވެރިކަމުގެ ތެރޭގައި އަމިއްލަ މަސްލަހަތަށްވުރެ މުޅި ކުންފުންޏާއި، ކުންފުނީގެ މުދަލާއި މުވައްޒަފުންގެ މަސްލަހަތު އިސްކޮށް، އަމިއްލަ އިސް ނެގުމަށް، އިސްވެ ހާލަތު ބުނެދިނުމާއި، މުޒާހަރާގެ ބައިވެރިންނާއި މުއާމަލާތް ކުރުމާއި، ފެސިލިޓީ ބެލެހެއްޓުމާއި، މެނޭޖުމެންޓާއި ގުޅިގެން މުޅި ހާލަތު މެނޭޖުކުރުމުގައި އޭފްސީގެ މުވައްޒަފުންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފް ހިތްވަރެކެވެ. ހާއްސަކޮށް ފުލުހުންނާއި މުއާމަލާތް ކޮށްގެން ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުނީވެސް އެ މުވައްޒަފުންގެ މިންނެތް މަސައްކަތުންނެވެ.” މިފްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިފްކޯއިން ވަނީ މުޒާހަރާއިން އޭއެފްސީ އަށާއި، ކުންފުންޏަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސްސްމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެކަމުގެ ތަފްސީލް ރިޕޯޓު ނިމުނުހާ އަވަހަކަށް ހާމަކުރާނެކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ