ދިހަ މީހުންނާއެކު ދަތުރު ކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ށ.ވަނގާރުން މާލެ ދަތުރުކުރި 75 ފޫޓުގެ “ނަސްފަރު” ނަމަކަށް ކިޔާ ދޯންޏެއް، ރޭ ދަންވަރު ނ.ލޯފަރު ފަރަށް އަރައި ދިޔަވާތީ، އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.