މާލޭގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރީގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގަވައިދާ ހިލާފަށް އުޅުނު ދެ ބިދޭސީއަކު އިތުރަށް ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން “އެކްސް”ގައި ކުރި ޓްވީޓެއްގައި ބުނީ މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބޭރު ފައިސާގެ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވުމާއި، ގަވައިދާ ހިލާފަށް އުޅުމުގެ ސަބަބުން ކަމަށެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ 9 މާރޗްގައި ހިފަހައްޓައި ޑީޕޯޓްކޮށްލި ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންނަކީ ވެސް ބޭރު ފައިސާގެ ޙަރަކާތްތަކުގައި ބައިވެރިވި ބައެއް ކަމަށެވެ.
މާލޭގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރީގައި މަގުމަތީގެ އަގުތަކަށް ޑޮލަރު ވިއްކުމާއި ގަތުމަކީ އާންމުކަމެކެވެ. އަދި މި ވިޔަފާރީގައި އެންމެ ކުރީގައި ތިބެނީ ބިދޭސީންނެވެ.



