ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ހިމެނޭ ގޮތުން ގިނަ އަދަދެއްގެ ސެކެރެޓަރީ ޖެނެރަލުން ހޯދަން ސިވިލް ސާރިވިސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އެސްޖީން ހޯދުމަށް މިފަހަރު ހުޅުވާލި ރަށު ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ 30 ރަށެކެވެ. އަދި 2 އަތޮޅު ކައުންސިލަކަށްވެސް އެސްޖީން ހޯދުމަށް ވަނީ ހުޅުވާލާފައެވެ.
މި މަޤާމްތަކުގެ ތެރެއިން ރަށު ކައުންސިލަށް ހޯދަން އިޢުލާންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލުންގެ ފުރަތަމަ ރޭންކްގެ އަސާސީ މުސާރައަކީ 9،300 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 8،835 ރުފިޔާއެވެ. މިއީ 5 އަހަރު ދުވަހުގެ މުއްދަކަށް އައްޔަނުކުރާ މަޤާމެކެވެ.
އެސްޖީން ހޯދުމަށް އިޢުލާންކޮށްފައިވާ ރަށްތައް:
ހއ. އަތޮޅު: ވަށަފަރު، މުރައިދޫ
ށ. އަތޮޅު: ފޭދޫ، މަރޮށި، ފީވަށް
ރ. އަތޮޅު: ވާދޫ، މަޑުއްވަރީ، ރަސްމާދޫ، އަދ އިންނަމާދޫ
ބ. އަތޮޅު: ފުޅަދޫ، ފެހެންދޫ، އަދި ހިތާދޫ
ކ. ތުލުސްދޫ
އއ. އަތޮޅު: ތޮއްޑޫ، މާޅޮސް
އދ. އަތޮޅު: ދިއްދޫ، އަދި ހަންޏާމީދޫ
ވ. އަތޮޅު: ތިނަދޫ، ފެލިދޫ، އަދި ރަކީދޫ
މ. މަޑުއްވަރީ
ފ. ދަރަނބޫދޫ
ދ. އަތޮޅު: ރިނބުދޫ، ކުޑަހުވަދޫ، އަދި މާއެނބޫދޫ
ތ. އަތޮޅު: ގާދިއްފުށީ، ތިމަރަފުށި
ލ. އަތޮޅު: ދަނބިދޫ
ގއ. އަތޮޅު: ކޮލަމާފުށި، ދެއްވަދޫ
މި 30 ރަށުގެ އިތުރުން ސީއެސްސީ އިން ވަނީ ދެ އަތޮޅު ކައުންސިލަކަށްވެސް އެސްޖީން ހޯދުމަށް އިޢުލާންކޮށްފައެވެ. އެއީ ހއ. ދިއްދޫގައި ހުންނަ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއި ވ. ފެލިދުގައި ހުންނަ ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއެވެ. އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރައަކީ 12،130 ރުފިޔާއެވެ.
ސީއެސްސީން ބުނީ، މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖުލައި 14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ކަމަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލް ކުރަންޖެހޭނެއެވެ.
އެސްޖީން ގެ މުސާރަ ހާދަ ކުޑައެވެ. އެކަމަކު މިއުޅޭ މެމްބަރު ންގެ މުސާރަ ހާދަ ބޮޑޭ މިހުރީ ތަފާތު ކުރާ ވަރު ނަސްލީ ތަފާތު