މިދިޔަ ޖޫން މަހު ވައްކަމުގެ 315 މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހާއި އަދި މެއި މަހުވެސް އެންމެ ގިނައިން ހުށަހަޅާފައިވެސް ވަނީ ވައްކަމުގެ މައްސަލައެވެ. ވައްކަމުގެ ތަފާސް ހިސާބުތަކަށް ބަލާނަމަ ފާއިތުވި ދެމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ވައްކަމުގެ ދިހައަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ވައްކަމުގެ އިތުރުން ދެން މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ މަގުމަތީގެ އެކްސިޑެންޓުތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކެވެ.
ޖޫން މަހުގެ ކުށުގެ ރިޕޯޓު:
ވައްކަމުގެ 315 މައްސަލަ
މަގުމަތީގެ އެކްސިޑެންޓުގެ 212 މައްސަލަ
މަސްތުވާތަކެތީގެ 175 މައްސަލަ
ތަކެތި ގެއްލިގެން 77 މައްސަލަ
މުދަލަށް ގެއްލުން ދިނުމުގެ 64 މައްސަލަ
މަކަރާއި ހީލަތުގެ 50 މައްސަލަ
އަނިޔާކުރުމުގެ 47 މައްސަލަ
ފޭރުމުގެ 29 މައްސަލަ
ގެވެށި އަނިޔާގެ 25 މައްސަލަ
ޖިންސީ ގޯނާގެ 23 މައްސަލަ
މިއަހަރަށް ޖުމްލަކޮށް ބަލާނަމަވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. މިއަހަރު ވައްކަމުގެ 1،891 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް ޓްރެފިކްގެ މައްސަލައުޅޭއިރު، އަހަރުގެ މިހާތަަނަށް 1،506 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.



