ރާއްޖޭގެ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިއްޔެ ހަވީރު “ޖޮއިންޓް ޓާސްކް ފޯސް” އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ އޮޕަރޭޝަނުގެ އަމާޒަކަށްވީ ޓޭކްއަވޭ ކޮފީ ޝޮޕް ވިޔަފާރިތައް ހިންގާކަމަށް ޝައްކުކުރެވޭ ތަންތަނުގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުން ކަމަށް އެ ޚިދުމަތުން ބުންޏެވެ.
އިމިގްރޭޝަން އިން ބުނިގޮތުގައި އެ އޮޕަރޭޝަންގައި 8 ބިދޭސީއަކު ހައްޔަރުކޮށްފަ ވެއެވެ. އެ މީހުންގެ ވަނަވަރު ހާމަކޮށްފައިނުވާއިރު، މި އޮޕަރޭޝަންގައި ބަލާފައިވަނީ ކިތައް ވިޔަފާރި ކަމެއް ސާފެއް ނުވެ އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެ، ވިޔަފާރި ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 1800އަށް ވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވައިލައިފައިވެއެވެ.




ހުޅުމާލެ އިނޑިޔާ އެމްބަސީ ދޮރުމަތީގައި މަގު ހުރަސް ކުރީމާ ގަސްގަނޑެއްގެ ދޭތެރޭ އެބަ އިން ޓްރެވަލް އެޖެންސީ އެއް ބޭރު މީހުން އޮޕަރޭޓް ކުރާ.
އެތަނުގައި ދޮރު މަތީ އިންނަނީ ދިވެހި ފުލުހެއް. އެމްބަސީ ޑިއުޓީ ފުލުސް މީހާ ޑިއުޓީއަށް އިންނަނީ ޓްރެވަލް އެޖެންސީ ދޮރުމަތީގައި.
މަޖާ ކަމެއް މިއީ.