- Advertisement -ad image

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުން: އެގައުމުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މުޅި ސްރީލަންކާ ހިމެނޭގޮތަށް މިވަގުތު ސްރީލަންކާގައި ކާފިއު އިޢުލާނު ކޮށްފައިވާތީ އެގައުމަށް ދަތުރުކުރާ އަދި އެގައުމުގައި މިހާރުވެސް ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ..

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގައި ދިރިއުޅޭ އަދި ސްރީލަންކާއަށް ދަތުރުކުރާ އެންމެހާ ދިވެހި ރައްޔިތުންވެސް، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ..

އަދި، އިތުރު މައުލޫމާތު ލިބެމުން ދާވަރަކަށް، އެ މައުލޫމާތު ޙިއްޞާ ކުރަމުންދާނެ ކަމަށާއި .

އިމަޖެންސީ ޙާލަތެއް ދިމާވެއްޖެނަމަ، ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ހޯމަ ދުވަހު އެގައުމުގެ ބޮޑުވަޒީރު ރާޖަޕަކްސާ އިސްތިއުފާ ދެއްވާފައިވާއިރު ހަމްބަންޓޯޓާގައި އޭނާ ދިރިއުޅޭގޭގައިވެސް ބަޔަކު ވަނީ ރޯކޮށްލާފައެވެ. މީގެ އިތުރުންވެސް ބަޑިޖަހައިގެން ބަޔަކު މަރާލާފައިވާއިރު 200 އެއްހާ މީހުންނަށް މިހާރުވެސް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. ސްރީލަންކާގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާއިރު ވިޔަފާރި އާއި ބޭސްފަރުވާއަށްވެސް ސްރީލަންކާއަށް ގިނަ ބަޔަކު ގޮސްއުޅެއެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ