ރާއްޖެއިން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ޖަމާކުރުމަށް ބުރާސްފަތި ދުވަހު 12 މިލިޔަން ޑޮލަރު ފޮނުވާފައިވާކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ސްކޮލަރޝިޕާއި ލޯން ސްކީމްގެ ދަށުން ސަރުކާރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަަށް ސަރުކާރުން ޖަމާކޮށްދޭން ޖެހޭ ފައިސާ ޖަމާނުކޮށްދޭތީވެ، ދަރިވަރުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާތީ، އެ ޒިންމާ އަދާކުރުމަށް މަތީ ތައުލީމާއި ބެހޭ ވަޒީރަށް ގޮވާލައި އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.
މި މައްސަލައަށް ބަހުސްކުރުމުންް ވޯޓަށް ހުޅުވާލުމުން ފެންނަކަމަށް ވޯޓު ދީފައިވަނީ 12 މެމްބަރުންނެވެ. އަދި 59 މެމްބަރުން ވަނީ ނުފެންނަކަމަށް ވޯޓް ދީފައެވެ. އެހެންކަމަުން މައްސަލަވަނީ މަޖިލީހުގައި ބަހުސްކުރުމަށް ފާސްނުވެ ތަޅުމުން ބޭރުކޮށްލާފައެވެ.
މި މައްސަލައަށް ނުފެންނަކަމަށް ވޯޓުދެއްވުމަށްފަހު މެމްބަރު ރިފާއު ވަނީ ރާއްޖެއިން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ޖަމާކުރުމަށް ބުރާސްފަތި ދުވަހު 12 މިލިޔަން ޑޮލަރު ފޮނުވާފައިވާކަމަށާއި، އަދި ބާކީ ފައިސާ މިއަދުވެސް އެބަ ފޮނުޥާކަމަށް ވިދާޅުވެފައެވެ.