- Advertisement -ad image

އެހެން މީހުންނާ ދިމާލަށް ވަގަށް ގޮވުމަކީ އެމްޑީޕީން އަބަދުވެސް ކުރާ ކަމެއް: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން އަބަދުވެސް ވެރިކަމަށް އަންނަނީ ވަރަށް ގިނަ ވާހަކަތައް ދައްކައިގެން ކަމަށާއި އެގޮތުން އެހެން މީހުންނާ ދިމާލަށް ވަގަށް ގޮވުމަކީ އެމްޑީޕީން އަބަދުވެސް ކުރާ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައިއިލެކްޝަނުގައި ޕީޕީޕއެމްގެ ފަރާތުން ވާދަކުރައްވާ އައިމިނަތު ނާޒިމާގެ ކެމްޕޭނުގައި މިއަދު ވިލިމާލޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަންކުރާ އެމްޑީޕީއަކީ ބަހުން މުއްސަނދި އަމަލުން ސުމެއްގެ ޕާޓީއެއްކަމަށެވެ. އަދި އެހެންމީހުންނާއި ދިމާއަށް ވަގަށް ގޮވައިގެން ވެރިކަމަށް އައިސް އެމްޑީޕީން ދައުލަތުގެ ހަޒާނާއަށް ހިޔާނާތްތެރިވީ މިންވަރަށް ހިޔާނާތްތެރިވީ ބަޔަކު އަދި ނެތް ކަމަށެވެ. މީގެ އިތުރުންވެސް ރައްޓެހިންނާއި ގާތްމީހުންނަށް ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާވެސް ބަހާލީ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު އެންމެ ބޮޑެތި ވަގުން ތިބީ އެމްޑީޕީގައި ކަމަށެވެ. އަދި ދައުލަތުގެ ހަޒާނާގައި ހުރި ހުރިހާ ފައިސާއަށް ހިޔާނާތްތެރިވަނީ ވެރިކަމުގައި ތިބި މީހުން ކަމަށް ތަކުރާރު ކޮށް އިދިކޮޅު ޕީޕީއެމްގެ ލިޑަރު ތަކުރާރުކޮށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ