އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކަށް މިއަދު ހާޒިރު ކުރަން ނިންމައިފިއެވެ.
އޭސީސީގެ ވެރިން މިއަދު 12:30 ގައި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީއަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވާއިރު، އޮޑިޓަ ޖެނެރަލްގެ އިސްވެރިން ހާޒިރު ކުރަނީ މާލިއްޔަތު ކޮމިޓީއަށެވެ. އެ ބައްދަލުވުން ފަށާނީ މެންދުރު ފަހު 2:00 ގައެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އޭސީސީގެ މެންބަރުން އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަ ބެލުމަށާއި އެ ކުންފުނިތައް ހަރުދަނާ ކުރެވޭނެ ގޮތަކާމެދު މަޝްވަރާ ކުރަން ކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ ވެރިން ހާޒިރު ކުރަނީ މަސްއޫލިއްލިއްޔަތުތައް އަދާކުރުމުގައި ކުރިމަތިވާ ދަތިތަކާ ބެހޭ ގޮތުންނެވެ.