ޔޫއެންއޯޑީސީ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުގެ ފަރާތުން ރާއްޖޭގެ ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އީޔޫގެ ފޮރިން ޕޮލިސީން ފަންޑް ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ވަނީ 8 ޑިޖިޓަލް ސްކްރީނާއި 16 ބޮޑީ ވޯން ވެސްޓް ފޯރުކޮށްދީފައެވެ.
ޔޫއެންއޯޑީސީން ހިންގާ މި ޕްރޮގްރާމްގެ އަމާޒަކީ މެމްބަރު ގައުމުތަކުގައި ކައުންޓަރ ޓެރަރިޒަމްގެ ގާބިލުކަމާއި، އެއްގަމާއި ކަނޑުގެ ސަލާމާތީ ކަންކަން މޮނިޓަރ ކުރުމުގެ ގާބިލްކަން ވެސް އިތުރުކުރުމެވެ.



