ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ކީރިތި ޤުރުއާނުގެ ދާއިމީ މައުރަޒެއް ޤާއިމްކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި މިވަގުތު ހުރި އަޙްލާގީ ހުރިޙާ މައްސަތަކެއްގެ ވެސް ޙައްލަކީ ކީރިތި ޤުރުއާންކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާނަން ހާއްސަ އަހަމިއްޔަތުކަމެއް ދެވެނީވެސް އެ ސަބަބާއި ހުރެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކީރިތި ޤުރުއާނަކީ އުފެދެމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުިއްމު ބައިވެރިޔާ ކަމުގައި ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މާލީގޮތުންނާއި، ވަސީލަތުގެ ގޮތުން ވެސް މި ސަރުކާރުން ކީރިތި ޤުރުއާނަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނަށް ދިވެހި ފަސްގަނޑުން ހައްގު މަތިވެރި ދަރަޖަ އާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވަނީ އެންމެގެވެސް ނިޔަތާއި އަމަލުގެ މަސްދަރަކީ ކީތިރި ޤުރުއާންކަމުގައި ހެދުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.



