ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޒުކަމުގެ ސަނަދު 32 ފަރާތަކުން ޙާސިލްކޮށްފި އެވެ.
ރޭ ބޭއްވި 36 ވަނަ ޤައުމީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި މި ސަނަދު ޙާފިޒުންނާއި ޙާފިޒާއިންނަށް ދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ޙާފިޒުކަމުގެ ސަނަދާއެކު ރައީސް ވަނީ އެ ފަރާތްތަކަށް ރަން ތާޖުވެސް އަރުވާފައެވެ.
މިއަހަރު ޙާފިޒުކަމުގެ ސަނަދާއި ތާޖު ލިބުނު ފަރާތްތަކަކީ:
ޝަޢަފް ޙާމިދު އިބްރާހީމް، މަލާޒް/ޅ.ނައިފަރު
އަބާން އިބްރާހީމް، ހ.ލަކީލޮޖްހުޅަނގުބައި/މާލެ
މިބުސާމް ސަލްމާން، ހެވަންލީޑް/ގދ. ތިނަދޫ
މޫސާ ޢަޝްޙަލް އަޝްރަފް، ހ. އިސްޓްލައިޓް/މާލެ
ޢަބްދުﷲ ބިން ޔާމިން، މޫންލައިޓްހިޔާ/އައްޑޫ ސިޓީ
ޢަބްދުﷲ ރަޝީދު، އަލުއިމާގެ/އައްޑޫ ސިޓީ
މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ/ރ. ފައިނު
ރާހިން ބިން މުޙައްމަދު، ޖަގަހަ/ގދ. ފަރެސްމާތޮޑާ
އިޒްކާން ޢަޖީބު ޙުސައިން، ގ. ފަރެސް/މާލެ
މުޙައްމަދު ޙަނޫން ޙުސައިން، ފަރުބަދަ/ސ. ފޭދޫ
ޢަލީ ރަޢީފް، ދޮން މޫނިމާ/އއ. ތޮއްޑޫ
ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، އަންބަރީގެ/ރ. މީދޫ
ޙަސަން ނަޞީރު، ޒިޔުރިކް/ސ.ހިތަދޫ
އަޙްމަދު ރާއިޢު ބަޝީރު، ރަޔަން/ފުވައްމުލަކު ސިޓީ
އިސްމާޢީލް އިޒުޢާން އިބްރާހީމް، ހުޅުމާލެ ފްލެޓް 02- ޖީ-141/ހުޅުމާލެ
އަޛިން މުޙައްމަދު، ދަޑިމަގު- ބެންހާގެ/ފުވައްމުލަކު ސިޓ
އާމިނަތު އައިފާ، އަލިވިލާގެ/ފ.ބިލެތްދޫ
މަރްޔަމް މުޙައްމަދު ދީދީ، މުއްތުސަންބާގެ/އައްޑޫ ސިޓީ
ފާޠިމަތު ދީދީ، ޝެވިލް/އައްޑޫ ސިޓީ
ޢާއިޝަތު އާން ރަޝީދު، މ. ޝޭޑީރީޖަން/މާލެ
ފާޠިމަތު ޢިޝާ، ނިޒާމް/ ށ. މިލަންދޫ
ޖަމީލާ ޢަލި ދީދީ، ދޫޑިގަމް-މައްސާގުގެ/ފުވައްމުލަކު ސިޓީ
ޙަކީމަތު މުޙައްމަދު، ފުނާޑު-ހީނާގެ/ފުވައްމުލަކު ސިޓީ
އާމިނަތު ލަޠީފާ، ތިބުރޯޒުގެ/އައްޑޫ ސިޓީ
ފާޠިމަތު އަޙްމަދު، ދަޑިމަގު-ގުލްދަސްތާގެ/ފުވައްމުލަކު ސިޓީ
ސަޚިއްޔާ ޢަބްދުލްޣަނީ، ކުރިބޯށި/ރ. މީދޫ
ސަޢުދިއްޔާ މޫސާ، މީނާޒް/ށ. ބިލެތްފަހި
ޔުމްނާ ޢަބްދުލްޢަޒީޒު، ފެހިގެ/ދ. މީދު
ފާޠިމަތު ނަޞީރާ، ނިކަގަސްދޮށުގެ/ސ. ހިތަދޫ
ޝަބީނާ ޢަބްދުﷲ، އަސްވާޑު/ގއ. ދެއްވަދޫ
މޫނިސާ ޢަބްދުއްރަޙީމް، ކިނާރާ/ނ. ލަންދޫ
ރައުޙާ އިސްމާޢިލް، ދިލްޝާދުގެ/ދ. މީދޫ
ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށްޓަކައި، އެކަމަށް ހިތްވަރުދީ މަގުކޮށުމަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރިތި ޤުރުއާން ހިތުދަސް ޙާފިޒުންނަށް ދޭ އިނާޔަތް ދެ ގުނައަށް ބޮޑުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެެެވެ.