އައްޑޫ ޕޮލިސް އެކަޑަމީގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކާނާ ވިހަވުމުގެ ސަބަބުން މިވަގުތު އެކަޑަމީގެ 32 ދަރިވަރަކު ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށްފައި ކަމަށެވެ. އަދި އެއް ދަރުވަރުގެ ހާލު ސީރިއަސް ކަމަށާއި ފަސް ދަރިވަރަކަށް މިވަގުވެސް އައިސީޔޫގައި ދަނީ ފަރުވާދެމުން ކަމަށެވެ.
ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ބައެއް ދަރިވަރުން މިހާރުދަނީ އަނބުރާ ކޮލެޖަށް ގެންދަމުން ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.