ކާނާ ވިހަވަގެން ފަރުވާދެމުންދިޔަ ޕޮލިސް ކޮލެޖުގެ ދެ ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ކާނާ ވިހަވެގެން ފަރުވާދޭން ފެށި އެހެން ހުރިހާ ކުދިން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ނުވަތަ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ރޭ ކާނާ ވިހަވެގެން ފަރުވާދޭން ފެށިއެވެ. އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ދިޔައީ ފަރުވާ ދެމުންނެވެ.
ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ 2 ދަރިވަރަކަށް މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި، ބާކީ ތިބި ހުރިހާ ކުދިންވެސް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
ޕޮލިސް ކޮލެޖުގައި 100އަށް ވުރެ ދަރިވަރުން ތަޢުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދެއެވެ.
