Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޤަވާއިދާއި ހިލާފަށް ރަޖިސްޓްރީކުރި އުޅަނދުތަކުގެ ސަަބަބުން، މާލޭގެ މަގުތައްވަނީ ދިރިއުޅުމަށް ދަތިވާ ހާލަތަށް ގޮސްފައި: މިނިސްޓަރ އަމީން

ad image

ގުޅުންހުރި ލިޔުންތައް

ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ރަޖިސްޓްރީކޮށް ދިނުމުގެ ސަބަބުން، އާދަޔާ ޚިލާފަށް މާލޭގެ ސަރަހައްދަށް އުޅަނދުތައް ގިނަވެ، ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ހާލަތު އާންމު ދިރިއުޅުމަށް ދަތިވާ ހާލަތަކަށް ގޮސްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މާލޭ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް “މާލެ ފަހި” ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މާލެ ސަރައްޙައްދުގައި ވެހިކަލްތަކުގެ މައްސަލަ އެންމެ ބޮޑަށް ގޯސްވީ ވިޔަފާރި ކުރާ ބައެއް ފަރާރްތަކުން ހިތުހުރި އަދަދަކަށް ވެހިކަލް އެތެރެކުރުމަށް މަގު ފަހި ވެފައި އޮތުމުން ކަމަށެވެ. 

އެގޮތުން މާލޭގެ ގިނަ ގަރާޖުތަކުގެ ވެރިފަރާތަށް އެނގުމެއްނެތި ގިނަ އަދަދުތަކަށް އެ ގަރާޖުތަކަށް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ގަރާޖު ނެތް ގިނަ ގެތަކުގެ ގޭގެ ވެރިފަރާތަށް އެނގުމަކާނުލާ ގަރާޖު ހުރިކަމުގެ ނަމުގައި ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިހާރު ވާނީ  ޤާނޫނާ ޤަވައިދާ ޚިލާފަށް ވެހިކަލްތައް ރަޖިސްޓްރީ ނުކުރެވޭނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ކަމަށާއި، ގަރާޖެއް ނެތި ކުރިން ދޫކޮށްފައިވާ ގަރާޖު ސިޓީތަކުގެ ބޭނުން މިހާރު ނުހިފޭނެކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަދި މި ބަދަލުތައް ގެނެވުނު ހިސާބުން މާލެ ސަރަހައްދަށް ރަޖިސްޓަރ ކުރެވެމުން ދިޔަ އުޅަނދުތަކުގެ އަދަދުބޮޑުތަނުން ކުޑަވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ކުރިއަށް އޮތްތަނުގައި އޮޓޯމޮބައިލްސް ވިޔަފާރިއަކީ ރެގިއުލޭޓްކުރެވިގެން ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކުރިއަށްގެންދެވޭ ވިޔަފާރިއަކަށް ސަރުކާރުން ހަދާނެކަމަށް ވިދާޅުވެފައެވެ. އަދި މާލޭގެ މަގުތަކަކީ އޮޓޯމޮބައިލްސް ވިޔަފާރިތަކުން ގުދަންކުރެވޭ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ގަވާދާޙިލާފުވީ ވެހިކަލްތައް ދައުލަތައް ނެގުމައްފު އެތަކެތި ނައްތާލާ އަދި އެފަދަ ފަރާތްތައް ބޮޑުއަދަދަކުން ޖުރިމަނާކޮއް އެތެރެ ކުރަން ހުއްދަނުދެއްވާ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ