ހުޅުމާލެ ފޭސް ދެއެއް ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެެންޓާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ވަނަވަރު އާއްމުކޮށްފިއެވެ.
ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ބުދަ ދުވަހު މެންދުރު އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލްނުވެގޮސް މަގުގެ އެއްފަރާތެއްގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވުމާއެކު ކާރު ދުއްވި މީހާ ފިިލިއެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ރޭ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:
ކ. މާލެ، ހ. ނޫރަންމާގެއާގެ އިކްރާމްއަބްދުއްރަހުމާން
ކ. މާލެ، މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް
ގއ. ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާއިލެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަކު ހައްޔަރު ކުރީ އެކްސިޑެންޓް ހިނގި ސަރަހައްދުން ކަމަށާއި އަދި ބާކީ ތިބި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ ކަމަށެވެ. އެއީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި އެކްސިޑެންޓުގައި އަނިޔާ ލިބުނީ މަގުގެ އެއް ފަރާތުގައި ސައިކަލު މަތީގައި އިން ފިރިހެނަކަށެވެ.
އެ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.
އާންމު ސަރަހައްދުތަކުގައި ރޭސް ޖެހުމާއި، ގޯސްކޮށް އޯވަރޓޭކް ކުރުން، އަދި މޯބައިލް ފޯނު ބޭނުން ކުރުން އާންމުވެފައި ވަނީ ފުލުހުން ވެސް ތިބޭ ތަންތަނުގައި. ޒިބްރާކްރޮސް ބަލަހަަށްޓާ ބައެއްގެގޮތުގައި ފުލުހުން ތިބޭކަމާ މެންދުރު އަވީގައި ޓްރެފިކް ކަންކަމުގައި ނޫޅޭކަމީ ދެރަ ވަރު ކަމެއް.
ވަރަށް ދެރައް ކަން މިހުން ނަނީ ކަމާނުވެސް ގުޅޭ މީހައްކަ އަނިޔާވެފައް މިއޮންނަނީ ގިނައް ފަހަރަށް ފުލުހުން ގެ ދައުރު ވަރަށް ކުނޑަ އަސްލު ބަލަން ޖެހޭކަންކަން ނުބެލޭތީ މިހިސާބައް މިދަނީ