ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނެއްގެ ވޮލެޓު ފޭރުނު ދިވެހި އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނެއްގެ ވޮލެޓު ދިވެހި އަންހެނަކު ފޭރުނު މައްސަލައެއް މިއަދު ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ދިވެހި އަންހެނެއްގެ ހެދުމުގައި ހިފަހައްޓައިގެން ބިދޭސީއަކު ހިނގާ ވީޑިއޯއެއް ވަނީ މިއަދު ސޯޝަލްމީޑިއާގައި އާއްމުވެފައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
