- Advertisement -ad image

ރައީސް ޔާމީން ދެއްކެވި ވާހަކަތައް ފުލުހުންނާއި ކަމާބެހޭފަރާތްތަކުން ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެމްއާރުއެމްއިން އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަންގާރަ ދުވަހު ރައީސް މައުމޫނާއި ގުޅުވައިގެން ދެއްކެވި ވާހަކަތައް ފުލުހުންނާއި ކަމާބެހޭފަރާތްތަކުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅެއް އަޅައިދިނުމަށް އެމްއާރުއެމްއިން އެދިއްޖެއެވެ. .

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫނު ހައްޔަރު ކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރުމުގެ އެންމެ މޭސްތިރިއަކަށް ހުންނެވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް އެ ޕާޓީގެ ޒައީމް އެއްވެސް އިރަކު މަސައްކަތް ކުރައްވާފައެއް ނުވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަކީ، ރައީސް މައުމޫންގެ ތާއީދާއިއެކު އެމަނިކުފާނު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިގެން ގެންނެވި ސަރުކާރެއް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގެ އެތެރޭގެ ކަންކަން ހަމަމަގަށް ރުޖޫއަކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން، އަދި ފަހުން ޕާޓީގެ ބޭރުން މަސައްކަތް ކުރެއްވި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ..

އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން، ރައީސް ޔާމީން އާއި ދެކޮޅަށް އެހެން ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބާރު ކަނޑުވާލައި، ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކޮށް، ޤައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާޙު ކުރެއްވުމަށް އެތައް ގޮތަކުން މަސައްކަތް ކުރެއްވުމަށްފަހު، އެ މަސައްކަތްތައް ނާކާމިޔާބު ވުމުން ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ..

އަދި ވެރިކަން ލިބިއްޖެ ނަމަ ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ޙުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން އަންގާރަ ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް އެ ޕާޓީން ކުށްވެރި ކުރާ ކަމަށާއި އަދި އެވާހަހަކަތައް ފުލުހުންނާއި ކަމާބެހޭފަރާތްތަކުން ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްވެސް އެޕާޓީން ވަނީ ގޮވާލާފައެވެ…

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ