- Advertisement -ad image

ހިޔާ ކުޑަކުދިންގެ ހަވީރު ހުކުރު ދުވަހު ބާއްވަނީ

ad image

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލެ ފޭސް 2 އެއްގައި ކުޑަކުދިންގެ ހަވީރެއް ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ. މި ހަވީރު އޮންނާނީ 13 މެއި ވާ ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް ހިޔާ ޕާރކް ސަރަހައްދުގައެވެ. އެއީ އެޗް 6 އަދި އެޗް 10 ޓަވަރު ހިމެނޭ ސަރަހައްދެވެ.
މާދަމާ އޮންނަ މި ކުޑަކުދިންގެ ހަވީރު އިންތިޒާމު ކުރަނީ ދިވެހި ގައުމީ ބޯހިޔާވަހިކަމުގެ ޖަމިއްޔާއިން ހިޔާ ޓަވަރު އެޗް 5 އަދި 6 ގެ އެޑްމިން ޓީމާއި، ހިޔާ ޓަވަރ ޓެނޭންޓްސް، ހިޔާ ޔޫނިއަން އާއި އެޗްޑީސީ އަދި ފުލުހުންނާ ގުޅިގެންނެވެ.
އެޖަމިއްޔާއިން ހާމަ ކުރާ ގޮތުގައި ކުޑަކުދިންގެ މި ހަވީރުގައި ކުޅިވަރުތަކުގައި ބައިވެރިވެގެން ހަދިޔާ ހޯދުމުގެ އިތުރުން ހަވީރަށް ދާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ލިބޭނެ އެވެ..

މީގެ އިތުރުންވެސް މި ހަވީރުގައި ފޭސް ޕެއިންޓް ކުރުމާއި ސެނޭކް އެންޑް ލެޑަރ، ބޯލް ކިކިންގ ފަދަ މަޖާ ގިނަ ކުޅިވަރުތަކެއް ހިމެނޭނެ ކަމަށް އެޖަމިއްޔާއިން މާއުލޫމާތުދެއެވެ.

ފޭސް 2ގެ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިފަހުން އަށްމަހެއްހާ ދުވަސްވެފައިވާއިރު ނިމިގެންދިޔަ ފިތުރު އީދުވެސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ