މާލޭގެ އެޕާޓްމެންޓްއަކަށް ވަދެ 26،000 އަށްވުރެ ގިނަ ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ
ފުލުހުން ބުނީއެޕާޓްމެންޓަކަށް ވަދެ ފައިސާތަކެއް ފޭރުނު ކަމުގެ ތުހުމަތުގައި މ. ދިންމަނާ، 32 އަހަރުގެ އަބްދުﷲ ތިލްމީޒް އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ފޭރުނު 26،960 ރުފިޔާ ހޯދައި ވެރިފަރާތާއި މިހާރު ހަވާލުކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



