- Advertisement -ad image

އަޅުގަނޑު އިސްކުރީ އެމްޑީޕީ އާއި ރައްޔިތުން: އާޒިމް

ad image

ގުޅުންހުރި ލިޔުންތައް

އަބަދުވެސް އިސްކުރެއްވީ އެމްޑީޕީއާއި ރައްޔިތުން ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ސަރުކާރާއި، މަޖިލީހާއި ދުރު ކުރީ އާޒިމް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވުމާއި ގުޅިގެން، ކުރެއްވި ޓުވީޓެއްގައި އާޒިމް ވިދާޅުވީ، އިސްކުރީ ރައްޔިތުންނާއި އެމްޑީޕީ ކަމަށާއި އަދި ދެކޮޅު ހެދީ ހުދުމުހުތާރު އާއިލީ ވެރިކަމާދިމާލަށް ދިއުމަށް ކަމަށެވެ. އޭނާއަށް ދުރު ފެނުނީ ކަމަށާއި ސްރީލަންކާގެ ހާލަތަށް ދާން ބޭނުން ނޫނީ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އަދި ރައްޔިތުން ވޯޓުދިނީ އެމްޑީޕީއަށް ކަމަށާއި ކޯލިޝަނަކަށް އަދި އޭނާ އަށް ނޫން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ހިންގަނީ އެމްޑީޕީގެ ޕޮލިސީތަކަކަށް ނޫން ކަމަށާއި ކޯލިޝަން އާއި ވަކިވުމަށް އެމްޑީޕީ މެންބަރުން ޗެއާރޕާސަންގެ އިންތިހާބުގައި އިމްތިޔާޒު ފަހުމީއަށް ވޯޓު ދިނުމަށްވެސް އާޒިމު ވަނީ އެދިވަޑައިގެންފައެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ