ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނުހައްގުން ބާތިލުކުރި ވިޔަފާރި އެއްބަސްވުންތަކާ ގުޅިގެން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ދޮގުކުރައްވައިފި އެވެ.
ސީޕީ ޝުޖާއު ފަރާތުން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އިއްޔެ ރޭ ކުރީގެ ކޮމިޝަނަރާ އޮފް ޕޮލިސް ހުސައިން ވަހީދު ދައްކަވާފައިވާ ވާހަކައެއްގައި ނޫމަޑި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރެއްވުމަށް ދިޔަކަމަށް ވިދާޅުވެފައިވާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ސީޕީ ހުސެއިން ވަހީދު ވިދާޅުވީ ނޫމަޑީގެ މައްސަލައިގެ 300 ހައުސިން ޔުނިޓުގެ މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ފުރަތަމަ ގުޅުއްވީ އޭނާއަށް ކަމަށެވެ.
އެހެންނަމަވެސް ސީޕީ ވަނީ ނޫމަޑި މައްސަލައާ ގުޅޭގޮތުން މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދާއެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިސއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ވާހަކަ ކަށަވަރުކަމަށް ބަޔާނުގައި ވިދާޅުވެފައެވެ.



