ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދިވެއްސަކަށް ދުމުގެ އަސަރުކޮށްގެންނާއި ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލް ލިބުމުން ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޯކްޝޮޕްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.



