މާލޭގެ މަގުމަތިން މީހަކަށް ވަޅިން ބިރުދައްކާ އެމީހާގެ ފޯނު ފޭރިގަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ބުނެފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ.ވާދޫ ބުރުނީގޭ އުމުރުން 26 އަހަރުގެ ޝާނާ މުހައްމަދު ޖުނައިދުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަޙްގީގުކުރަމުންނެވެ.



