- Advertisement -ad image

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްނުދެވޭތީ ކައުންސިލަރ ޝުޖާއު އެކަމާ ނުރުހުން ފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްނުދެވި ކުށުގެ ހާއްޔަކަށް ހުޅުމާލެ ބަދަލުވެފައިވާއިރު، ކައުންސިލްގެ ދައުރެއް އަދި ކައުންސިލަރުގެ ދައުރެއް ނެތްކަމަށް ވިދާޅުވެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުގެ ނުރުހުން ސަރުކާރަށް އަމާޒު ކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ދައުރުގެ 51 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ސަރުކާރުން ކައުންސިލްތަކަށް ލިބީފައިވާ އެތަށް ހައްގުތަކެއް ނިގުޅައިގަނެފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ ކައުންސިލަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެތަށް މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅާކަމަށާއި މިއާއިއެކު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަށް ސަރުކާރުން އެކައުންސިލްތަކަށް ދީފައިނުވާ ކަން ޝުޖާއު ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.

ޝުޖާއުގެ ވާހަކަފުޅުގައި ހުޅުމާލޭގެ ހާލަތަށް ރިއާޔަތް ކުރައްވާ ކަންބޮޑުވުން ފާޅު ކުރައްވަމުން ޝުޖާއު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ހުލުމާލޭގެ ދެވަނަ ފިޔަވަހި ކުނި ގޮނޑަށްވެ ކުނި އަންދަމުންދާކަމަށާއި، އެޗްޑީސީން ހުޅުމާލޭގެ ކުނި މެނޭޖް ކުރުމުގައި ފެއިލްވެފައިވާކަމުގައި ޝުޖާއު ވިދާޅުވިއެވެ

ޝުޖާއު ވަނީ ހިޔާ ފްލެޓް ސަރަޙައްދުގެ ސެކިއުރިޓީ ބަލަހައްޓަންޖެހޭ މިންވަރަށް ބެލެހެއްޓެމުން ނުދާކަމަށާއި މިހާރު އެތަނަކީ މަސްތުވާތަކެތީގެ ހާއްޔެއްގެ އިތުރުން، ޖިންސީގޯނާފަދަ އެތަށް ކުށްތަކެއް އާންމުވެފައިވާ ތަނެއް ކަމަށާއި، އެކަށީގެންވާވަރަށް ހުޅުމާލޭގެ ކަންކަމުގައި ސަރުކާރުން އަޅާނުލާކަން ފާހަގަކުރައްވާފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ